14 ރަށެއްގައި 1.6 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށް

މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހއ. ވަށަފަރު، ނ. ހެނބަދޫ، ހޮޅުދޫ، މާޅެންދޫ، ދ. ބަނޑިދޫ، ގއ. ކަނޑުހުޅުދޫ އަދި ރ. އަލިފުށީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ތަފާތު 14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއްގެ މަސައްކަތް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހއ. ވަށަފަރު، ނ. ހެނބަދޫ، ހޮޅުދޫ، މާޅެންދޫ، ދ. ބަނޑިދޫ، ގއ. ކަނޑުހުޅުދޫ އަދި ރ. އަލިފުށީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެ އެވެ. 

މިއަދު ހަވާލުކުރި މަޝްރޫއުތައް

  • ހއ. ވަށަފަރު - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި 71 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން - 242 މިލިއަން ރުފިޔާ
  • ނ. ހެނބެދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 183 މިލިއަން ރުފިޔާ
  • ނ. ހޮޅުދޫ - ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 103 މިލިއަން ރުފިޔާ
  • ނ. މާޅެންދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 63 މިލިއަން ރުފިޔާ
  • ދ. ބަނޑިދޫ - ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 221 މިލިއަން ރުފިޔާ
  • ގއ. ކަނޑުހުޅުދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 183 މިލިއަން ރުފިޔާ
  • ރ. އަލިފުށި - އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 106 މިލިއަން ރުފިޔާ
  • ހއ. ފިއްލަދޫ - ގޮނޑުދޮށް ހިމާޔަތްކުރުން - 24 މިލިއަން ރުފިޔާ
  • ކ. ގާފަރު - ގޮނޑުދޮށް ހިމާޔަތްކުރުން - 64 މިލިއަން ރުފިޔާ
  • ރ. އުނގޫފާރު - ބަނދަރު ތަރައްގީކުރުން - 139 މިލިއަން ރުފިޔާ
  • ހއ. މުރައިދޫ - ބަނދަރުގެ ބޭރުތޮށި ތަރައްގީކުރުން - 54 މިލިއަން ރުފިޔާ
  • ހއ. އިހަވަންދޫ - އާޓިފިޝަލް ބީޗް ތަރައްގީކުރުން - 12 މިލިއަން ރުފިޔާ
  • ގދ. ފަރެސްމާތޮޑާ - 36 މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުން - 225 މިލިއަން ރުފިޔާ

މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.6 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.