ޖަޕާނު ނީލަން ބާޒާރުގައި މި ކަންނެލި ވިކުނީ 3.25 މިލިއަން ޑޮލަރަށް

އާ އަހަރާ ދިމާކޮށް ޖަޕާނުގެ ޓޯކިޔޯގެ މައި މަސް މާރުކޭޓު (ޓޮޔޯސޫ) ގައި ކުރިއަށްދިޔަ ކަންނެލި ނީލަމުގައި މި ކަންނެލި ގަނެފައިވަނީ ޖަޕާނުގެ ސުޝީ ވިޔަފާރިވެރިއެކެވެ.

ކިޔޯޝީ ކިމޫރާ ކަންނެއްޔާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ ؛އޭޕީ

ދުނިޔޭގެ އެންމެ އަގުބޮޑުކޮށް ކަޅުބިލަމަހާއި ކަންނެލި ވިއްކާ ބާޒާރުގައި ކުރިއަށް ދިޔަ ނީލަމުގައި 3.25 މިލިއަން ޑޮލަރަށް އެންމެ ކަންނެއްޔެއް ވިކިއްޖެ އެވެ.

އާ އަހަރާ ދިމާކޮށް ޖަޕާނުގެ ޓޯކިޔޯގެ މައި މަސް މާރުކޭޓު (ޓޮޔޯސޫ) ގައި ކުރިއަށްދިޔަ ކަންނެލި ނީލަމުގައި މި ކަންނެލި ގަނެފައިވަނީ ޖަޕާނުގެ ސުޝީ ވިޔަފާރިވެރިއެއް ކަމަށްވާ، އަދި އަމިއްލަ އަށް ކަނޑުމަހުގެ ރަސްގެފާނުގެ ނަން ދީފައިވާ ކިޔޯޝީ ކިމޫރާ އެވެ. އޭނާ އޭނާ ކަންނެލި ގަނެފައިވަނީ 510.3 މިލިއަން ޔެން (3.25 މިލިއަން އެމެރިކާ ޑޮލަރު) އަށެވެ. މި ކަންނެލީގެ ބަރުދަނުގައި 243 ކިލޯ ހުއްޓެވެ.

ނީލަމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކިމޫރާ ބުނީ މިއަށްވުރެ އަގުހެޔޮކޮށް ގަނެވޭނެ ކަމަށް އުންމީދުކުރި ނަމަވެސް، ހީނުކުރާހާ ބާރަށް އަގު އުފުލިގެން ދިޔައީ ކަމަށެވެ. "އަގު ފެނިފައި އަހަރެން ހައިރާންވި. އަހަރެން އުންމީދު ކުރަނީ މި ފަދަ ފުރިހަމަ މަހެއް ކައިގެން ވީހާވެސް ގިނަ ބަޔަކަށް އާ ހިތްވަރެއް ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.

ނީލަން ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަންނެލި ކަނޑައިގެން ސުޝީ ހަދައިގެން ވަނީ ވިއްކާފަ އެވެ. އޭގެ (އެތިކޮޅެއް) ވިއްކާފައިވަނީ ގާތްގަނޑަކަށް ތިން ޑޮލަރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.