ކައުންސިލުން ބުނީ މިއީ މާފުށީގައި ދިރިއުޅޭ ރައްޔިތުންނަށާއި ރާއްޖޭގެ މާކެޓުގައި އުފެންދުންތެރި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ރޭވިފައިވާ މާކެޓެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިން އުފައްދާ ތަކެތި ވިއްކަން މާފުށީގައި ބީސީސީގެ މާކެޓެއް ހަދަން ކައުންސިލާއެކު މަޝްވަރާކޮށްފި އެވެ.
މާފުށި ކައުންސިލުން ބުނީ އެ ކައުންސިލް އާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަންއާއެކު ބައްދަލުކޮށް މާފުށީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކުރެވިގެން ކުރިއަށްގެންދެވޭ "މާރަނގަ މާކެޓް" ކައުންސިލް އަދި ބީސީސީ އާއި ގުޅިގެން ކުރިއަށް ދިޔުމަށް ވަނީ މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މިއީ މާފުށީގައި ދިރިއުޅޭ ރައްޔިތުންނަށާއި ރާއްޖޭގެ މާކެޓުގައި އުފެންދުންތެރި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ރޭވިފައިވާ މާކެޓެއް ކަމަށެވެ.
ޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މާރަނގަ" މާކެޓަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ފަހިކޮށްދޭ ހާއްސަ މާކެޓެކެވެ. މި މާކެޓުގެ މަގުސަދަކީ ރާއްޖޭގެ ރަށްރަށުގައި ތައްޔާރުކުރާ ތަފާތު ތަކެތި (ކާބޯތަކެތި، އަތްތެރި މަސައްކަތް) މާލެ ސަރަހައްދުގައި ވިއްކޭނެ މަގު ފަހިކުރުމެވެ.