ބައްސާމް އިތުރުން 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މި ހުކުމް އިއްވިއިރު، އިތުރު ދައުވާތަކެއް ސާބިތުވެ، އޭނާ މިހާރު ވެސް ހުރީ ނުވަ އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެހެންކަމުން ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒު ކުރަން ޖެހޭނެ އެވެ.

ބައްސާމް މީގެ ކުރިން ޝަރީއަތުގެ މަޖިލީހެއްގައި --

ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑާކުރިކަން ސާބިތުވެފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް އިތުރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ އިތުރުން ދައުވާއެއް ބައްސާމްގެ މައްޗަށް އުފުލާފައި ވަނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ އެވެ. ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ނެރުނު ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ.

އެހެންވެ، އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ހިޔާނާތުގެ ކުށުގެ ދައުވާގައި އިއްވާފައިވަނީ އަށް އަހަރުގެ ޖަލު އަދަބެކެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުން 1.2 މިލިއަން ޑޮލަރު ސިވިލް ކޯޓަށް ދެއްކުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

މަނީ ލޯންޑަރިންގެ ދައުވާއަށް ކަނޑައަޅާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ލޯންޑާކިރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް ބައްސާމްގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އޭގެ އިތުރުން މަނީލޯންޑާ ކުރިކަމަށް ބުނާ 5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

މި ދެ ދައުވާއަށް ޖުމްލަ 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މި ހުކުމް އިއްވިއިރު، އިތުރު ދައުވާތަކެއް ސާބިތުވެ، އޭނާ މިހާރު ވެސް ހުރީ ނުވަ އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެހެންކަމުން ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒު ކުރަން ޖެހޭނެ އެވެ.

މި މައްސަލާގައި މަނީ ލޯންޑަކުރަން އެހީތެރިވިކަމުގެ ދައުވާ އުފުލާފައިވާ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން މިއަދު ނިންމި އެވެ. ދެން ދައުވާކޮށްފައިވާ ހަސަން ވަހީދާއި މުހައްމަދު އަގީލާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.