މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށެވެ.
ޕްރޮމޯޝަނަލް ފެއާގައި ދަތުރުތައް ކޮށްދޭ އަގަކީ 799ރ. އެވެ. މިހާރުން ފެށިގެން ބުކިންއަށް ވަނީ ހުޅުވާލާފައެވެ.
ތޮއްޑޫ އަށް ޝެޑިއުލް ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަނާއި އެރަށު ކައުންސިލުން ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އިއުލާނު ކުރައްވާފަ އެވެ. އޭގެ އިތުރުންވެސް ޓޫރިޒަމް ފުޅާވަމުންދާ ބައެއް އެހެން ރަށްރަށަށް ވެސް ވަރަށް އެ ހިދުމަތް ތައާރަފް ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބ. ކަމަދުއަށްވެސް ވަނީ އެ ހިދުމަތް ދޭން ފަށާފަ އެވެ.