އެފްއޭއެމްގެ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާވި ކަމަށް އިންކާރުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ފައިސާ އެފްއޭއެމްއާ ހަވާލުނުކޮށް، އެ ފައިސާއިން ބައްސާމް ދެ ޕެންޓްހައުސް ގަނެފައިވާކަމަށް ވަނީ އިންކާރުކޮށްފަ އެވެ.

ފީފާއިން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން އެ އެސޯސިއޭޝަބްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް ޕެންޓްހައުސް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ދިނުމަށް ފީފާއިން ފޮނުވި އެ ފައިސާ، ޑޮލަރު މާރުކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަމިން އެވެނިއުގެ ދެ ޕެންޓްހައުސް ގަންނަން ހަރަދުކޮށްފައިވާކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލި ހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.
އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލާފައި ވަނީ މަނީލޯންޑާ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. ދައުލަތުން އެ ދައުވާކުރީ ބައްސާމް އެ ދެ ޕެންޓްހައުސް ގަތުމަށް ހިންގި މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައިގެން މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ އެވެ.
އެފްއޭއެމްގެ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާވި ކަމަށް އިންކާރުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ފައިސާ އެފްއޭއެމްއާ ހަވާލުނުކޮށް، އެ ފައިސާއިން ބައްސާމް ދެ ޕެންޓްހައުސް ގަނެފައިވާކަމަށް ވަނީ އިންކާރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު މާރުކުރަން އަމިން ކޮންސްޓްރަކްޝަނަށް ޖަމާކޮށްފައިވާ ކަމަށާއި، އެ ޑޮލަރަށްވާވަރަށް ނަގުދު ފައިސާ، އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ ހަސަން ވަހީދާ ހަވާލުކޮށްފައިވާކަން އެނގޭ ކޭޝް ވައުޗާތަކެއް ހުރި ކަމަށެވެ.
އެއީ ސައްހަނޫން ވައުޗާތަކެއް ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް ހުކުމުގައި ބުންޏެވެ. އެހެންކަމުން ހެކިތަކަށް ރިއާޔަތްކޮށް، އެފައިސާ އެފައިސާ އެފްއޭއެމްއަށް ދިންކަމަށް ވަނީ ސާބިތުވެފަ އެވެ.
މި މައްސަލައިގައި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލާއި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ހަސަން ވަހީދުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.
މި މައްސަލަ ބައްސާމްގެ މައްޗަށް ސާބިތުވެފައިވާއިރު، އަދި ހުކުމެއްކޮށްފައެއް ނުވެ އެވެ.