އެމްއޭސީއެލްއިން ބުނީ، ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށަށް 115 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހއ. ދިއްދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ދިއްދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ދިއްދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްކޮށް ފައްޓަވާ ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
އެމްއޭސީއެލްއިން ބުނީ، ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށަށް 115 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބިން ހިއްކުމުގައި ބޭނުންކުރަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރެއް ކަމަށާއި، އެއީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެއާޕޯޓު އަޅަން ބޭނުންވާ ބިމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން ދިއްދޫގެ ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.