މި އަހަރުގެ މިހާތަނަށް ރަޝިއާއިން 6,304 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޗައިނާއިން އައިސްފައިވަނީ 858 މީހުންނެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ނަމަވެސް އާ އަހަރު ފެށިގެން ފުރަތަމަ ތިން ދުވަސް ވޭތުވެެގެން ދިޔައިރު އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ހަ ވަނާގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން ދުވަހު އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާ މީހުންނެވެ.މީގެ އިތުރުން ހިމެނެނީ އިޓަލީ އާއި އިނގިރޭސިވިލާތް ފަދަ ޔޫރަޕުގެ ގައުމުތަކެވެ.
ޗައިނާ ޓޫރިސްޓުންގެ އަދަދު މަދުވެފައިވަނީ މި ދުވަސްވަރަކީ ޗައިނާ މީހުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ނުވުމުނެނެވެ. ޗައިނާ މީހުން ބޭރަށް އެންމެ ގިނައިން ދަތުރުކުރާނީ ފެބްރުއަރީ މަހު އެވެ. އެއީ ޗައިނާ މީހުންގެ ސްޕްރިމް ފެސްޓިވަލް އެވެ.
މި އަހަރު މިދިޔަ ތިން މަހު ރަޝިއާއިން ޖުމްލަ 6,304 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިޓަލީއިން 5,381 މީހުން އައިސްފައިވެ އެވެ. އިނގިރޭސި ވިލާތުން 1,782 މީހުން އައިސްފައިވެ އެވެ. އަދި ޖަރުމުން 1,596 މީހުން އައިސްފައިވާ ކަމަށް ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 29,596 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 25,076 މީހުންނާ އަޅާބަލާއިރު 18 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ އަހަރު ނިންމާލީ 2.2 މިލިއަން ޓޫރިސްޓުން އައުމުގެ ރެކޯޑަކާއެކުގަ އެވެ. މި އަހަރުވެސް ގާތްގަނޑަކަށް އެ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވެ އެވެ.