ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ، މިހާރު 74،048 މެންބަރުން

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ 10،000 މެންބަރުން ތިބޭ ޕާޓީތަކަށެވެ. އެހެންކަމުން މިހާރު ޕާޓީތަކުގައި ތިބި މެންބަރުންނަށް ބަލާއިރު، އެ ފައިސާ ލިބޭނީ ޕީއެންސީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއަށެވެ.

ޕީއެންސީ ހަރުގެ ޖަލްސާއެއް --

ސަރުކާރު ހިންގާ ޕީއެންސީއަށް މަސް ދުވަސްތެރޭގައި 5،000 އަށްވުރެ ގިނަ މެންބަރުން އިތުރުވެ، ޖުމްލަ މެންބަރުންގެ އަދަދު 74،048 އަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އީސީއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ޕީއެންސީ އެވެ.

ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ދައުލަތުން ސިޔާސީ ޕާޓީތަކާ ދޭ ފައިސާގެ އަދަދުތައް އީސީން އާންމުކުރިއިރު، ނޮވެމްބަރު 25 ވަނަ ދުވަހާ ހަމައަށް ޕީއެންސީގައި ތިބީ 68،665 މެންބަރުންނެވެ. އެހެންކަމުން މިދިޔަ މަހު އެކަނި 5،383 މެންބަރުން އިތުރުވެފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2 ވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި މިވަގުތު ތިބީ 43،784 މެންބަރުންނެވެ. ސަރުކާރުން ޕީއެންސީ ވަރުގަދަކޮށްފައި މިވަނީ ޒަމާނުއްސުރެއް އެންމެ މެންބަރުން ގިނަ އެމްޑީޕީ ވައްޓައިލުމަށްފަހު އެވެ.

އިތުރު ޕާޓީތައް؛

  •  ޖޭޕީ - 12،343 މެންބަރުން
  •  އެމްޑީއޭ - 9،686 މެންބަރުން
  •  އަދާލަތު ޕާޓީ - 8،267 މެންބަރުން
  •  އެމްއެންޕީ - 5،133 މެންބަރުން
  •  ޕީއެންއެފް - 3،012 މެންބަރުން
  •  ދަ ޑިމޮކްެރެޓްސް - 2،952 މެންބަރުން
  •  ލޭބާ ޕާޓީ - 1،710 މެންބަރުން

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ 10،000 މެންބަރުން ތިބޭ ޕާޓީތަކަށެވެ. އެހެންކަމުން މިހާރު ޕާޓީތަކުގައި ތިބި މެންބަރުންނަށް ބަލާއިރު، އެ ފައިސާ ލިބޭނީ ޕީއެންސީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއަށެވެ.

މީގެ ކުރިން އެމްޑީއޭގައި 10،000 މެންބަރުން ތިބި ނަމަވެސް، މިހާރު ވަނީ މެންބަރުން މަދުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.