މިދިޔަ ޑިސެމްބަރު | ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން އައި މަސް

މިދިޔަ ޑިސެމްބަރާ ހަމައަށް އެންމެ ގިނައިން ޓޫރިސްޓުން އައުމުގެ ރެކޯޑަކީ 2024 ފެބްރުއަރީ މަހު އައި 217,392 މީހުންނެވެ. ނަމަވެސް ޑިސެމްބަރު މަހު ވަނީ 224,455 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންތަކެއް -- އެމްއޭސީއެލް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހަކީ ރާއްޖޭގެ ތާރީހުގައި އެއް މަސް ތެރޭ އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި މަހަށް ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނައިން އެއް މަސް ދުވަހުގެ ތެރޭގައި ޓޫރިސްޓުން އައިސްފައިވަނީ 2024 ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖެ އަށް 217,392 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަަމަވެސް މި ރެކޯޑު މުގުރިގެން ދިޔައީ މިދިޔަ މަހުގެ ރާއްޖެއަށް ޖުމްލަ 224,455 ޓޫރިސްޓުން އައުމާ ގުޅިގެންނެވެ. 

މިދިޔަ މަސް ނިމުނުއިރު ރާއްޖެ އަށް 224,455 ޓޫރިސްޓުން އައިސްފައިވާއިރު މިއީ 2024 ގެ ޑިސެމްބަރު މަހު އައި 208,980 މީހުންނާ އަޅާބަލާއިރު 7.4 ޕަސެންޓުގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރުގެ 12 މަހު އަައި ޓޫރިސްޓުން

  •  ޖެނުއަރީ - 214,863
  •  ފެބްރުއަރި - 214,091
  •  މާރިޗު - 203,468
  •  އެޕްރީލް - 198,322
  •  މެއި - 135,614
  •  ޖޫން - 141,772
  •  ޖުލައި - 186,738
  •  އޮގަސްޓް - 192,058
  •  ސެޕްޓެމްބަރު - 149,563
  •  އޮކްޓޫބަރު - 190,445
  •  ނޮވެމްބަރު - 195,127
  •  ޑިސެމްބަރު - 224,455

12 މަހު ޓޫރިޒަމް - މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނި ޑިސެމްބަރު މަހު އެވެ. އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 9.8 ޕަސެންޓް  އިތުރުވެފައެވެ. މިދިޔަ އަހަރު ޖުމްލަ 2,246,516 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އެންމެ ބޮޑު ކުރިއެރުން 2024 ވަނަ އަހަރާ އަޅާބަލާއިރު ލިބިފައިވަބޫީ އޭޕްރީލް މަހުގަ އެވެ އެޕްރީލް މަހު 17.8% ޓޫރިޒަމް ކުރިއެރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.