އެމެރިކާއިން ވެނެޒުއޭލާގެ ރައީސް މަޑޫރޯ ހައްރުކޮށްފި

އެމެރިކާ ސިފައިން ދިން ހަމަލާއާ ބެހޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނަޑޫރޯ ވަނީ ހައްޔަރުކޮށްފަ އެވެ.

ވެނެޒުއޭލާގެ ބޮޑު ވަޒީރު ނިކޮލަސް މަޑޫރޯ

ވެނެޒުއޭލާގެ ބޮޑު ވަޒީރު ނިކޮލަސް މަޑޫރޯ އާއި އޭނާގެ އާއިލާގެ މެންބަރުން އެމެރިކާއިން ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް ރޭގެ ދަންވަރުގެ ވަގުތެއްގައި އެމެރިކާ ސިފައިން ދިން ހަމަލާއާ ބެހޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނަޑޫރޯ ވަނީ ހައްޔަރުކޮށްފަ އެވެ.

ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް އަށް ދޭން ފެށި މި ހަމަލާގައި ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އެމެރިކާ އިން މިހާތަނަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް ހަމަލާ ދިނުމުގެ ކުރިން އެ ގައުމުގެ މަތިން ހެލިކޮޕްޓަރުތަކެއް އުދުހެމުންދާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި މި ހަމަލާތައް ފެށުމާއެކު އެ ގައުމުގެ ސިފައިންވެސް ރައްދު ހަމަލާ ދިނެވެ. 

ވެނެޒުއޭލާގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އެ ގައުމުގެ މުހިންމު ވަސީލަތްތަކަށް އެމެރިކާ އިން ސައިބަ ހަމަލާތަކެއް ވަނީ ދީފަ އެވެ. މިގޮތުން ކަރަންޓުގެ ހިދުމަތަށް ވަނީ ސައިބަ ހަމަލާތަކެއް ވެސް ދީފަ އެވެ. އެއާއެކ މުޅި ވެނެޒުއޭލާއިން ކަރަންޓު ކަނޑާލާފައިވެ އެވެ.

ވެނެޒުއޭލާއަށް ހަމަލާ ދިންއިރު އެ ގައުމަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. އެެމެރިކާގެ ރައީސް ވަނީ ވެނެޒުއޭލާގެ ތެލަކީ އެމެރިކާ އެއްޗެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.