ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް ދޭން ފެށި މި ހަމަލާގައި ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އެމެރިކާއިން މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް ދޭން ފެށި މި ހަމަލާގައި ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އެމެރިކާއިން މިހާތަނަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް ހަމަލާ ދިނުމުގެ ކުރިން އެ ގައުމުގެ މަތިން ހެލިކޮޕްޓަރުތަކެއް އުދުހެމުންދާ މަންޒަރު ވަނީ ފެނިފަ އެވެ.
ވެނެޒުއޭލާގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އެ ގައުމުގެ މުހިންމު ވަސީލަތްތަކަށް އެމެރިކާއިން ސައިބަ ހަމަލާތަކެއް ވަނީ ދީފަ އެވެ. މިގޮތުން ކަރަންޓުގެ ހިދުމަތަށް ވަނީ ސައިބަ ހަމަލާތަކެއް ވެސް ދީފަ އެވެ. އެއާއެކ މުޅި ވެނެޒުއޭލާއިން ކަރަންޓު ކަނޑާލާފައިވެ އެވެ.