އިމާރާތް ކުރުމުގެ ސާމާނުގެ އިމްޕޯޓް %12 މައްޗަށް

އެމްއެމްއޭގެ ކުއާޓަލީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ދެވަނަ ކުއާޓަރުގައި މި ދާއިރާ ވަނީ % 7.0 ކުރިއަރާފަ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ރިއަލްއެސްޓޭޓް ދާއިރާއިން ވަނީ % 3.6 އިތުރުވެފަ އެވެ.

ރަށެއްގައި އިމާރާތެއްގެ މަސައްކަތް ކުރަނީ : އިމާރާތް ކުރުމުގެ ދާއިރާ ވެސް ވަނީ ކުރިއަރަން ފަށާފަ -- މިރާ

މިދިޔަ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ އިމްޕޯޓް %12 އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ކުއާޓަލީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ދެވަނަ ކުއާޓަރުގައި މި ދާއިރާ ވަނީ % 7.0 ކުރިއަރާފަ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ރިއަލްއެސްޓޭޓް ދާއިރާއިން ވަނީ % 3.6 ގެ ކުރިއެރުމެއް ހޯދާފަ އެވެ.

އެމްއެމްއޭގެ މި ރިޕޯޓް ދައްކާ ގޮތުން ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭންކުތަކުން ދޫކުރި ލޯނުގެ މިންވަރު ވެސް ވަނީ %3 އިތުރުވެފަ އެވެ.

ބޭންކް ލޯނުތައް އިތުރުވި ސަބަބުތައް

  • މީހުން ދިރިއުޅޭ ގޭބިސީ ނުވަތަ ހައުސިން މަޝްރޫޢުތައް އިތުރުވުން
  • ޕްރޮޕަޓީ ޑިވެލޮޕްމަންޓް މަޝްރޫޢުތައް.
  • ގެސްޓްހައުސްތަކާއި އާ ރިސޯޓްތައް ތަރައްޤީކުރުން.
  • ރިސޯޓްތައް މަރާމާތުކުރުން

އެމްއެމްއޭގެ ކުއާޓަލީ ރިޕޯޓް ދައްކާ ގޮތުން ރިއަލްއެސްޓޭޓް އިމާރާތް ކުރުމުގެ ލޯނު ދޫކުރުން ޖުމްލަގޮތެއްގައި އިތުރުވި އާއްމު ގެދޮރު އަޅަން ދޫކުރި ލޯނު ވަނީ މަދުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.