ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 27,9 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ވަނީ ސާފު ފައިދާ 13.3 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ދެވަނަ ކުއާޓަރަށްވުރެ 14 މިލިއަން ރުފިޔާ ނުވަތަ 47 ޕަސެންޓް ދަށް ކަމަށް ދަށްކައިފި އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ނެރެން އޮތް ތާރީހަށްވުރެ ފަހުން މިއަދު އާއްމުކުރި ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 27,9 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ވަނީ ސާފު ފައިދާ 13.3 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. މިއީ ދެވަނަ ކުއާޓަރަށްވުރެ 14 މިލިއަން މަދު އަދަދެކެވެ. މިއީ 47 ޕަސެންޓް ދަށް އަދަދެކެވެ.
ފައިދާ ދަށްވީ ކީއްވެ ؟ - އެމްޓީސީސީގެ ފައިދާ ދަަށްވި އެއް ސަބަބެއްގެ ގޮތުގައި މާލީ ރިޕޯޓް ފެންނަނީ ކުންފުނީގެ އިދާރީ ހަރަދުތައް މަތިވުމެވެ. އިދާރީ ހަރަދުތަކުގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި 92.5 މިލިއަން ރުފިޔާ އިދާރީ ހަރަދުގެ ގޮތުގައި ވަނީ ހަރަދުކޮށްފަ އެވެ. ދެވަނަ ކުއާޓަރުގައި މި އަދަދު ހުރީ 81 މިލިއަންގަ އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ތިން ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ކުންފުނި ވަނީ ފުރަތަމަ ކުއާޓަރު ގައި އޮތް ބޮޑު ގެއްލުމުން (19.6 މިލިއަން) އަރައިގަނެ، ދެވަނަ ކުއާޓަރު ގައި ރަނގަޅު ފައިދާއެއް ހޯދާފައެވެ. އަދި ތިން ވަނަ ކުއާޓަރުގައި ފައިދާ ކުޑަކޮށް ދަށްވި ނަމަވެސް، އަދި ވެސް އޮތީ ފައިދާވާ ހާލަތެއްގަ އެވެ.
އެމްޓީސީސީގައި ޖުމްލަ 4,591 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ 2597 ދިވެހިންނާއި 1994 ބިދޭސީންނެވެ. އަދި ފިރިހެން މުވައްޒަފުންގެ އަދަދަކީ 4081 އެވެ. އަދި އަންހެން 510 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން 373 މަޝްރޫއު ކުރިއަށް ގެންދެ އެވެ.