މުދަލުގެ އަގު ކަނޑައެޅުމުގެ އުސޫލު ކަސްޓަމްސްއިން ބަދަލު ކުރަނީ

ކަސްޓަމްސް އިން ބުނީ ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މިއަދުން ފެށިގެން ގާއިމް ކުރަން ވަނީ ނިންމާފަ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ މައި އިމާރާތް

މުދަލުގެ އަގު ކަނޑައަޅެމުގައި މިހާރު ގެންގުޅޭ އުސޫލަށް ބަދަލުތަކެއް މިއަދުން ފެށިގެން ގެންނަސް ކަސްޓަމްސް އިން ނިންމައިފި އެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ހިޔާލުތަކުގެ މައްޗަށް ގެންނަ މި ބަދަލާ ބެހޭ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނީ މިހާރު އަގު ކަނޑައަޅަނީ، ކަސްޓަމްސްގެ ޤާނޫނުގެ 63 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެމަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލުކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" އަށް ބަލައިގެންނެވެ.

ކަސްޓަމްސް އިން ބުނީ މި ބަދަލުގެ ދަށުން ވެރިފައަބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސް އަށް ހުށަހެޅުމުން އެ އަގު ޤަބޫލުކުރެވޭނެކަމަށާއި ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު %25 ވުރެ ބޮޑުކުރަންޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެކަމަށެވެ. އަދި ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މިއަދުން ފެށިގެން ގާއިމް ކުރަން ވަނީ ނިންމާފަ އެވެ.

ކަސްޓަމުން ބުނީ މި އަގު ހުށަހެޅި އަގުގެ %25 ކުޑަނަމަ މިހާރު ވެސް ޢަމަލުކުރާ އުސޫލުން ތިން މަރުހަލާއެއްގައި އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.