ވީއައިއޭއަށް އިތުރު ފުރިހަމަކަން | ހިދުމަތް އަވަސްކުރަން އީގޭޓު ހަރުކޮށްފި

އިމިގްރޭޝަނުން ބުނީ މި ހިދުމަތް ތައާރަފުކުރެވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް އެކެއްގެ ގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓުން ހިދުމަތުގެ ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަރުކުރި އީގޭޓްތައް -- އިމިގްރޭޝަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން 10 އީގޭޓް ހަރުކޮށް ހުޅުވައިފި އެވެ. 

ވެލާނާ އެއަޕޯޓްގެ އާ ޓާމިނަލްގައި ބޭއްވި އިވެންޓެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު ފަސީހެވެ.

އިމިގްރޭޝަނުން ބުނީ މި ހިދުމަތް ތައާރަފުކުރެވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް އެކެއްގެ ގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓުން ހިދުމަތުގެ ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އަދި މި ހިދުމަތުގެ ސަބަބުން ދިވެހީންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަ ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ. 

މި ހިދުމަތް އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ފައްޓަވާނެ ކަން މިދިޔަ ނޮވެމްބަރު މަސް ތެރޭގައި އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.