އެލައިޑުން އެސްއެމްއީ ވިޔަފާރިތަކަށް ހާއްސަ ލުއި ޕެކޭޖުތަކެއް ދީފި

މި ޕެކޭޖުގައި އައުޓްޕޭޝަންޓުގެ ދަށުން ޑޮކްޓަރަށް ދެއްކުން، ޓެސްޓުތައް ހެދުން، އަދި ބޭސްފަރުވާގެ ޚަރަދު ލިބެއެވެ އިންޕޭޝަންޓުގެ ދަށުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް، އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ ހިމެނެ އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ކުދިއަދި މެދުފަންތީގެ ބައެއް ވިޔަފާރިތައް ބައްދަލުވުމެއްގައި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަަށްވާ އެލައިޑުން ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކާއެކު، އިންޝުއަރެންސް ގްރޫޕް ހެލްތް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ. 

އެލައިޑް އިންޝުއަރެންސް ކުންފުނިން ބުނީ ކޮންމެ ގިންތިއެއްގެ ވިޔަފާރިއެއް ހިންގިނަމަވެސް އެ ވިޔަފާރިއެއްގެ އެންމެ މުހިންމު ބަޔަކީ މުވައްޒަފުން ކަމަށާ އެލައިޑުން ގަބޫލު ކުރާ ގޮތުގައި ކުދިއަދިމެދުފަންތީގެ ވިޔަފާރިތަކަކީ މުވައްޒަފުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދޭން ޖެހޭ ވިޔަފާރިތަކެކެވެ. 

ނަމަވެސް، އެކަށީގެންވާ ސިއްހީ ކަވަރޭޖެއް ހޯދުމަށް މިވަގުތު ގޮންޖެހުންތަކެއް ހުރިކަން އެ ކުންފުންޏަށް ފާހަގަ ކުރެވިފައިވާ ކަމަށާ، އެހެންކަމުން މި ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން "ކޯޕަރޭޓް ގްރޫޕް ހެލްތް އިންޝުއަރެންސް ޕެކޭޖު" ތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. 

"މިއީ މުވައްޒަފުންނަށް އިތުބާރުހުރި ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުމަށް އަދި ވިޔަފާރިވެރިންނަށް ހިތްހަމަ ޖެހުން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ،" އެލައިޑުން ބުނެފައިވެ އެވެ. 

ޕެކޭޖުން ލިބޭ ހިދުމަތްތައް

  • އައުޓްޕޭޝަންޓުގެ ހިދުމަތް - ޑޮކްޓަރަށް ދެއްކުން، ޓެސްޓުތައް ހެދުން، އަދި ބޭސްފަރުވާގެ ޚަރަދު
  • އިންޕޭޝަންޓް ހިދުމަތް - ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް، އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ

އެލައިޑުން ބުނީ އެ ކުންފުންޏާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާނީ ހަމައެކަނި އިންޝުއަރެންސް އެކަނި ނޫން ކަމަށާ އެ ކުންފުންޏަކީ ވިޔަފާރިތަކުގެ މުވައްޒަފުންނާއި ވިޔަފާރިތައް ރައްކާތެރިކުރުމުގައި އިރުޝާދު ދޭނެ އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ. އެގޮތުން އެލައިޑުން ދަނީ އިންޝުއަރެންސުގެ މައުލޫމާތު ހޯދަން ފަސޭހައިން ގުޅާލަން 1600 ނަމްބަރު ހާއްސަކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.