މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް

ޑިސެންބަރު 30 އިން ޖަނަވަރީ 1 އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ފެސްޓިވަލް ކުރިއަށް ދާނެ އެވެ.

މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ. 

ވިޒިޓް މޯލްޑިވްސް އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ދިވެހި ސަގާފަތާއި، ކާބޯތަކެއްޗާއި، އިޖުތިމާއީ ރޫހު ދައްކުވައިދޭނެ ފެސްޓިވަލެކެވެ.

ޑިސެންބަރު 30 އިން ޖަނަވަރީ 1 އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ފެސްޓިވަލް ކުރިއަށް ދާނެ އެވެ. 

މި ފެސްޓިވަލްއަކީ ދިވެހި ފަތުރުވެރިކަމަށް ވޭތުވެ ދިޔަ އަހަރު ލިބުނު މުހިންމު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. 

އެގޮތުން، މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި، ޖެހިޖެހިގެން ހަވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބުން ފާހަގަކުރެވޭނެ އެވެ.

ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ އެކި ޒޯންތައް ހުންނާނެ އެވެ. މީގެ ތެރޭގައި އުޅަނދުފަހަރު ދައްކާލުމާއި، މޫދު ކުޅިވަރުގެ ހަރަކާތްތަކާއި، އާއިލާތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. 

މީގެ އިތުރުން، ޑްރޯން ޝޯއަކާއި، އާ އަހަރުގެ ހަވާއެރުވުމުގެ އިތުރުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ރަސްމީ ކައުންޓްޑައުން ވެސް މި ފެސްޓިވަލްގައި ކުރިއަށްދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.