މިއީ މިހާތަނަށް މީހެއްގެ މައްޗަށް ރާއްޖޭގެ ކޯޓަށް ކުރި އެންމެ ބޮޑު ހުކުމެވެ.

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. މިއީ މިހާތަނަށް މީހެއްގެ މައްޗަށް ރާއްޖޭގެ ކޯޓަށް ކުރި އެންމެ ބޮޑު ހުކުމެވެ.
މި މައްސަލައިގައި މަންޑޭ ވަނީ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި އެ ކުންފުނީގެ ނަމުގައި އެކައުންޓް ހުޅުވައިގެން، ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އެޕާޓްމަންޓްތައް އޮޅުވާލާއިގެން ވިއްކައި އަދި ބައެއް އެޕާޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ވިއްކައި އެ ފައިސާއަށް ހިޔާނާތްތެރިވެފަ އެވެ.
އޭނާގެ މައްޗަށް ދައުލަތުން 104 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ސާބިތުވެފައި ވަނީ ޓެކުމުގެ 46 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގެ އިތުރުން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ 1 ދައުވާ އެވެ.
ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ؛
މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ ޖައިޝާން ސައީދުގެ މައްޗަށް ވެސް ވަނީ 89 ދައުވާ ސާބިތުވެފަ އެވެ. އެ އެހެންކަމުން ކޯޓުން އޭނާގެ މައްޗަށް އިއްވާފައި ވަނީ ޖުމްލަ 159 އަހަރުގެ އަދަބެކެވެ.
އެގޮތުން؛