ދެކުނަށް ގަދަވަޔާއެކު ވިއްސާރަ، އައްޑޫ ބައެއް ގެތަކުގެ ފުރާޅު ވެސް އެއްލާލައިފި

ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލުމާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސިފައިން ނުކުމެ އައްޑޫގެ ގެއެއްގެ ފުރާޅު މަރާމާތު ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

އެގޮތުން ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ހަތަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވެ އެވެ. އެގޮތުން ރޭ 23:20 ހާއިރު ހިތަދޫގެ ގެއެއްގެ ފުރާޅު ވަނީ އެއްލާލާފަ އެވެ. އަދި މިއަދު ހެނދުނު ހިތަދޫ އެހެން ގެއަކާއި މަރަދޫ ގެއަކާއި މީދޫ ގެއެއްގެ ފުރާޅު އެއްލާލުމުން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ސިފައިންގެއިން ބުނީ މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.