އެމްޑީ ޝަމާޙް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދު އެއްގޮތަށް ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ސްޓެލްކޯއިން ނަމޫނާ ކުންފުންޏެކެވެ

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު އުފަންވެއްޖެނަމަ އެ އާއިލާ "ބަދުނަސީބު" ގެ ގޮތުގައި ދުށް ޒަމާނެއް ދިޔަ އެވެ. އޭގެފަހުން އައި ޒަމާންތަކުގައި ދާދި އިހަޔާ ޖެހެންދެން ވެސް ގިނަ ބަޔަކު ގަބޫލު ކުރީ މިފަދަ މީހުންނަކީ މުޖުތައުމުގައި ބޭނުންތެރިބައެއް ނޫނެވެ. ނުވަތަ ހިދުމަތެއް ކޮށްދެވޭނެ ބައެއް ނޫނެވެ. ނަމަވެސް މީގެ 10 ވަރަށް އަހަރު ކުރިން ފެށިގެން މަޑުމަޑުން މި ޓްރެންޑް ދިޔައީ ބަދަލުވަމުންނެވެ. ނަމަވެސް އެފަދަ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ހޯދަން ގައުމީ ފެންވަރުގައި ބޮޑު މަސައްކަތްތަކެއް ނުކުރެވެ އެވެ. ނަަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވައުދުވީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް އެ މީހަކީ ތަފާތެއް ނެތި އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅެވޭނެ ބަޔަކަށް ހަދައިދޭނަމެވެ. އެ ވައުދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދޭން ފެށި އެވެ. ރައީސްގެ މި މަސައްކަތުގައި އެންމެ ފުރިހަމައަށް ބައިވެރިވާ އެއް ކުންފުންޏަކީ ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯ އެވެ.
ސްޓެލްކޯއަކީ އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކޮށްގެން އުޅޭ ކުންފުންޏެކެވެ. ނަމަވެސް މިފަހަރު އެ މަސައްކަތް މިވަނީ ދެ ގިޔަރު ކުރިއަށްލާފަ އެވެ. މިހާރުގެ މެނޭޖުމަންޓް ހާއްސަކޮށް މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު މިކަމަށް އިސްކަން ދެއްވަ އެވެ. ނަތީޖާއަކީ މިހާރު އެ ކުންފުނީގެ ވަޒީފާގައި ނުކުޅެދުންތެރިކަން ހުންނަ 80 މީހަކު ތިބުމެވެ.
މުޅިރާއްޖެއަށް ފެތިރިގެންފައިވާ ސްޓެލްކޯގެ ހިދުމަތުގެ ކުޑައިގެ އެކި ދުނިގަނޑުތަކުގައި ހިދުމަތް ކުރަން ވެއްދި މި 80 މީހުންނާމެދު އެ ކުންފުނި ފަހުރުވެ އެވެ. މި މުވައްޒަފުންނަކީ ހަމައެކަނި ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ތިބި މީހުންނެކެވެ. އެމީހުންނަކީ އެމީހުންގެ އާއިލާތަކާއެކު ރަށުގައި ދިރިއުޅޭ މީހުންނެވެ. މި ދިވެހިންނަކީ 20 ރަށަށް ނިސްބަތްވާ 20 ރަށުގައި ދިރިއުޅޭ މީހުންނެވެ.

އެމްޑީ ޝަމާޙް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދު އެއްގޮތަށް ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ސްޓެލްކޯއިން ނަމޫނާ ކުންފުންޏެކެވެ. އަދި މިއަދު ވަޒީފާ ލިބިގެން ދިޔަ މީހުން އެ ކުންފުނިން ހިދުމަތްދޭ 20 ރަށަށް ނިސްބަތްވާ ކަމަށް ސަމާހު ވިދާޅުވި އެވެ.
ސްޓެލްކޯ އިން މި އަހަރު އެންމެ ފަހުން ވަނީ އިތުރު ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ހަމަޖެއްސިކަމުގެ ލިޔުން ދީފަ އެވެ. އެ ދުވަހާ ހަމައަށް ސްޓެލްކޯގައި 50 މީހަކު ވަޒީފާގައި ތިއްބެވެ.އަދި މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދިން އަދަދުގެ ޖުމްލަ ވަނީ 80 އަށް އިތުރުވެފަ އެވެ.
މި މުވައްޒަފުންގެ އާއިލާތައް މިވަގުތު ތިބީ އުފަމުންނެވެ. އިރެއްގައި މި ކުދިންނަކީ ބޭނުންތެރި ބައެއް ނޫން ކަމަށް ގަބޫލު ކުރުން ސްޓެލްކޯއިން މިވަނީ ބަދަލުކޮށްލާފަ އެވެ. ކުންފުނީގެ މަސައްކަތު ފައުޖުގައި 80 މީހުން ބައިވެރިކޮށް އެ މީހުން އެދަނީ ގައުމަށް ހިދުމަތް ކުރަމުންނެވެ. މި ދިވެހިންނަށް ސްޓެލްކޯއިން ދިން ފުރުސަތުގެ ފުރުސަތާއެކު އެ މީހުންގެ އާއިލާތައް އެތިބީ އުފަލުން ފޮޅިފަ އެވެ.