މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާހު ނިޔާވެއްޖެ

އެނގިފައިފާ ގޮތުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން، ފަރުވާ ދެމުން ދަނިކޮށެވެ. ސްޓްރޯކު ޖެހުނީ އޭނާގެ އުފަން ރަށް، ހއ. ކެލާގައި ހުއްޓަ އެވެ.

އަބްދުލް ފައްތާހު --

ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ނިޔާވެއްޖެ އެވެ.

އެނގިފައިފާ ގޮތުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން، ފަރުވާ ދެމުން ދަނިކޮށެވެ. ސްޓްރޯކު ޖެހުނީ އޭނާގެ އުފަން ރަށް، ހއ. ކެލާގައި ހުއްޓަ އެވެ. ނިޔާވެފައި ވަނީ އެމަޖެންސީގައި އެއަތޮޅު ދިއްދޫގައި ހުންނަ އަތޮޅު ހޮސްޓަލަށް މިރޭ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފައްތާހު ނިޔާވިއިރު، އޭނާ ދަނީ ކެލާގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލައި، ކެމްޕޭނު ކުރަމުންނެވެ. އޭނާ ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގަ އެވެ.

މިމަހު 22 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފައްތާހު ބުނެފައި ވަނީ އޭނާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ނިންމީ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ސަރުކާރު ތެރެއިން ކޮށްދިނުމަށާއި ރަށަށް ހެޔޮގޮތް އެދޭތީ ކަމަށެވެ. 

ފައްތާހަކީ ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރި މީހެކެވެ. އެގޮތުން ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތައް އުފައްދާފައިވެ އެވެ. 

ފިލްމީ ދާއިރާގައި ފައްތާހުގެ އެންމެ ފަހު މަސައްކަތަކަށް ފެނުނީ 2017 ގައި ނެރުނު "ހައްދު" ފިލްމެވެ. އެ ފިލްމަށްފަހު ފިލްމީ ދާއިރާއިން ރިޓަޔާ ކުރުމަށްފަހު ކެލާއަށް ބަދަލުވީ 2018 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.