ތޮއްޑޫ ކައުންސިލުން ބުނީ އއ.ތޮއްޑޫ އަށް ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި މިއަދުވަނީ ސޮއިކުރެވިފައި އެވެ. މި ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހު އެވެ.

ތޮއްޑޫ ކައުންސިލުން ބުނީ އއ.ތޮއްޑޫ އަށް ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި މިއަދުވަނީ ސޮއިކުރެވިފައި އެވެ. މި ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހު އެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިލްޔާސް އަދި މިކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަޙްމަދު ކަރަމް އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން އެކުންފުނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ސީޕްލޭންގެ ޚިދުމަތްތަކާއިގުޅޭ އިސް މުވައްޒިފުންގެ ޓީމް އެއްވަނީ މިއަދު ތޮއްޑޫއަށް ޒިޔާރަތްކޮށް ކައުންސިލާއި އަދި ގެސްޓްހައުސް ވިޔަފާރީގައި އުޅުއްވާ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.