ނުހުޅުވިގެން އުޅުނު ޝަންގްރިއް-ލާ ވިލިނގިލި ހުޅުވައި ހިދުމަތަށް

ޓޫރިޒަމް މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު ވަނީ މަރުހަބާ ކިޔާފަ އެވެ.

ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތު -- ޓޫރިޒަމް

ކޮވިޑަށް ބަންދުކުރި ގޮތަށް ގެއްލުންވުމުގެ ސަބަބުން ނުހުޅުވި އޮތް ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ. 


ޓޫރިޒަމް މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު ވަނީ މަރުހަބާ ކިޔާފަ އެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮ ވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިއީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެކެވެ.

ޝަންގްރިއް-ލާ ވިނލިގިލީގެ މައުލޫމާތުކޮޅެއް

  • މި ރިސޯޓު ހިންގަނީ ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނިން
  • މިއީ އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގެ ރިސޯޓެއް
  • އައްޑޫ އިންވެސްޓްމަންޓަކީ ދިވެހި ސަރުކާރާއި ޝަންގްރިއްލާގެ ޖޭވީއެއް
  • އައްޑޫ އިންވެސްޓްމަންޓު އުފެއްދީ 26، ޖޫން 2005 ގައި
  • ސަރުކާރުގެ ހިއްސާ 30 ޕަސެންޓު 70 ޕަސެންޓަކީ ޝަންގްރިއްލާ
  • ޝަންގްރިއްލާ ރިސޯޓު ހުޅުވީ 26، ޖުލައި 2009 ގައި
  • މިއީ 142 އެނދުގެ ރިސޯޓެއް
  • ޖުމްލަ އިންވެސްޓްމަންޓް 150 މިލިއަން ޑޮލަރު

ސަރުކާރުން ވަނީ ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ހުޅުވިދާނެ ފުރުސަތަކަށް ބަލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޝަންގްރިއް-ލާގައި އޮތް ސަރުކާރުގެ ހިއްސާވެސް ދޫކޮށްލި އެވެ. ޝަންގްރިއް-ލާ ހުޅުވަން ގިނަ އަޑު ތަކެއް ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އިއްވި އެވެ. ރައްޔިތުންގެ މަޖިލީހުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް ގަވާއިދުތައް ބަދަލު ކޮށްގެން އެކަންކަން ހިންގާލުމުން ހީވީ ދެންމެ ޝަންގްރިއް-ލާ ހިނގައިގެންފާނެހެނެވެ. އެކަމަކު އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލީ މިދިޔަ އަހަރުގެ އޯގަސްޓް 28 ގަ އެވެ. 

ޝަންގްރިއް- ލާ ކުންފުނިން މަޝްރޫއު ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

އައްޑޫ ރައްޔިތުން އެދެމުން ދިޔައީ ގާވެފައި އޮތް އައްޑޫގެ އެންމެ ބޮޑު އެސްޓް ޝަންގްރިއްލާ ހުޅުވޭނެ ގޮތެއް ހަދައިދިނުމެވެ. ޝަންގްރިއް-ލާގައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ކުންފުނީގަ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއް-ލާއާއި ގުޅިގެން އައްޑޫ ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. އެކަމު ހިނގަމުން ނުހިނގަމުން ދިޔަ ރިސޯޓުގައި މަރުތަޅު އެޅުވުނީ ކޮވިޑާ ގުޅިގެނެވެ. އެޅުވުނު އެ ތަޅު ނައްޓަން ހިފި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ އެތައް ކަމެއް ބޮނޑިވެ އެކަންކަން އޮތީ ނުވެފަ އެވެ. މި ލިސްޓު އައްޑޫ އެއާޕޯޓުން ފެށިގެން ގައުމީ އެއާލައިންއިން ދޭން ޖެހޭ ހުވަދޫ އައްޑޫ ކަނެކްޝަނާ ހަމައިން ވެސް ނުނިމެނެ އެވެ. މި ސަބަބުތަކާހުރެ ޝަންގްރިއްލާ ވިލިނގިލި 2005 ގައި ހުޅުވިފަހުން ހިންގީ ގެއްލުމުގަ އެވެ. 

ހިއްސާ ދޫކޮށްލުމުގެ ޓައިމްލައިން

  •  އޯގަސްޓް 2022 ކުންފުނި އަގު ކުރުން
  •  ޖަނަވަރީ 2023 ހިއްސާ ދޫކޮށްލަން އިކޮނޮމިކް ކައުންސިލުން ނިންމުން
  •  އޯގަސްޓް 2023 ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ސަރުކާރުން މި ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިގޮތުން، ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.


ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެންބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.