ރޭޕްގެ ކުށް ސާބިތުވެ، ފިލައިގެން އުޅުނު އިމާޒް 15 އަހަރަށް ޖަލަށް

މައްސަލަ ސާބިތުވެފައި ވަނީ ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރުގެ މައްޗަށެވެ. އެ މައްސަލައިގައި ވޭތުވެދިޔަ ދޮޅު އަހަރު ހުކުމް ނުކުރެވި ލަސްވެފައި ވަނީ އޭނާ ފިލައިގެން އުޅުމުންވެ.

ފުލުހުން ހޯދަމުންދާ ގދ. ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރު --

ރޭޕްގެ ކުށް ސާބިތުވެ، ކޯޓަށް ފިލައިގެން އުޅުނު މީހަކު 15 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މައްސަލަ ސާބިތުވެފައި ވަނީ ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރުގެ މައްޗަށެވެ. އެ މައްސަލައިގައި ވޭތުވެދިޔަ ދޮޅު އަހަރު ހުކުމް ނުކުރެވި ލަސްވެފައި ވަނީ އޭނާ ފިލައިގެން އުޅުމުންވެ.

އިމާޒް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކިފަހަރު މަތިން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އެ އަމުރުތަކާ ގުޅިގެން ނުވަ ފަހަރެއްގެ މަތިން އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ. ނަމަވެސް އޭނާ ފެނިފައެއް ނުވެ އެވެ.

އެފަހުން އެ މައްސަލަ މީޑިއާގައި ފެންމަތިވުމާއެކު އިމާޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު އަމިއްލައަށް ފުލުހަށް ހާޒިރުވެފަ އެވެ. މިއަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރު ކުރުމަށް އޭނާ ވަގުތުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރޭޕްގެ މައްސަލައަކަށްވުމުން، އެ މައްސަލައިގެ ތަފްސީލުތައް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.