ޚާލިދާ ނިސްބަތްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ޚާލިދާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިކަން ޔަގީންކޮށްދީފަ އެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެކަމަށް، ޕާޓީން ބުނެފި އެވެ.
ފުއްޕާމޭގެ އާލާސްކަންފުޅަކާ ހެދި އުމުރުފުޅުން 80 އަހަރުގެ ޚާލިދާއަށް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އޭގެފަހުން ސިއްހީ ހާލުކޮޅު ގޯސްވެ، އައިސީޔޫއަށް ބަދަލުކުރިތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.
ޚާލިދާ ނިސްބަތްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ޚާލިދާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިކަން ޔަގީންކޮށްދީފަ އެވެ.

ޚާލިދާ ވަނީ ތިން ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ލައިފަ އެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކުރި އެވެ.
ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.
ޝައިހް ހަސީނާގެ ވެރިކަން ވައްޓައިލުމަށްފަހު، އަންނަ އަހަރު ބާއްވަން އިއުލާނުކޮށްފައިވާ އިންތިހާބުގައި ހާލިދާގެ ބީއެންޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އޮތީ ބެލެވިފަ އެވެ.
މިގޮތުން، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ހާލިދާ އޭރު ވަނީ ވިދާޅުވެފަ އެވެ.