ސީޕީއައި އިންޑެކްސް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ބޮޑުތަނުން މަތިވެފައެއް ނުވެ އެވެ. ނަމަވެސް މި ދަށްވުމަކީ އޮކްޓޫބަރު މަހު އިންފްލޭޝަން ހުރި 0.17 ޕަސެންޓުގެ ދަށްވުމާ އަޅާބަލާއިރު ކުޑަ އުފުލުމެވެ.

މުޅި އަހަރުވެސް އަގުތައް މަތީގައި ހުރި މޭވާގެ އަގުތައް މިދިޔަ ނޮވެމްބަރު މަހު ވެއްޓިފައިވާ ކަމަށް ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފި އެވެ.
ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭން ތަފާސް ހިސާބުގެ އިދާރާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައިވަނީ މޭވާ އެވެ. މޭވާގެ އަގުތައް ވަނީ 1.88 ޕަސެންޓްގެ ދަށްވުމެއް އައިސްފަ އެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ އަގުތައް 1.01 ޕަސެންޓްގެ ވެއްޓިފައިވާއިރު، ކާނާގެ އެހެން ބާވަތްތަކުގެ އަގުތައް ވެސް ވަނީ 0.55 ޕަސެންޓް ދަށްވެފަ އެވެ. ދެން އެންމެ ބޮޑަށް އަގު ދަށްވިކަމަށް ދައްކަނީ ފެނުގެ އެވެ. ފެނުގެ އަގުތައް ވަނީ 0.47 ޕަސެންޓް ދަށްވެފަ އެވެ.
މިދިޔަ މަހު އަގުތައް އެންމެ ބޮަޑަށް މަތިވެފައިވަނީ މަސް ހިމަނައިގެން ބަލާނަމަ ކާނާގެ ބާވަތްތަކުގެ އަގުތައް ވަނީ 0.11 ޕަސެންޓް އުފުލިފަ އެވެ. ނަމަވެސް މި އުފުލުމަކީ މިދިޔަ އަހަރު ހުރި 3.73 ޕަސެންޓާ އަޅާ އަޅާބަލާނަމަ ބޮޑުތަކުން ދަށްވުމެކެވެ. އަދި ސިއްހީ ހިދުމަތްތަކުގެ އަގުތައް މިދިޔަ އަހަރު 0.73 ޕަސެންޓްގައި ހުރިނަމަވެސް މި އަހަރު ހުރީ 0.04 ޕަސެންޓްގަ އެވެ. އަދި އަގުތައް މަތިވި ވައިބައި ބާވަތްތަކަށް ބަލާއިރު ތަރުކާރީގެ އަގުތައް ވަނީ 2.29 ޕަސެންޓް އުފުލިފަ އެވެ. އަދި މަހުގެ އަގުތައް ހުރީ 0.66 ޕަސެންޓްގަ އެވެ. މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ އަގުތައް ހުރީ 0.92 ޕަސެންޓް މަތީގަ އެވެ.
ސީޕީއައި އިންޑެކްސް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ބޮޑުތަނުން މަތިވެފައެއް ނުވެ އެވެ. ނަމަވެސް މި ދަށްވުމަކީ އޮކްޓޫބަރު މަހު އިންފްލޭޝަން ހުރި 0.17 ޕަސެންޓުގެ ދަށްވުމާ އަޅާބަލާއިރު ކުޑަ އުފުލުމެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހާއި މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 1.36 ޕަސެންޓު އުފުލުމެއްގަ އެވެ.
ސީޕީއައި ބަލާގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.