މިނިސްޓަރު ވިދާޅުވި ގޮތުގައި ނާދީއެއް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ހަރަކާތްތައް ހިންގަން ހާއްސަކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި މަރުކަޒުތަކެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ތަންތަން ރަށްރަށުގައި ހުރުން ވަރަށް މުހިންމު ކަމަށް ގަބޫލުކުރެވޭތީ، ރަށްރަށުގައި އެފަދަ ތަންތަން އެޅުމުގެ މަޝްވަރާތައް ރަށު ކައުންސިލަތަކާ އެކު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 70 އަށް ވުރެ ގިނަ ކައުންސިލުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ.
"77 ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިސް ރަށްވެހިން އެއްވެލާނެ ތަނެއް ހެދުމަށް. އެ ބޭފުޅުންނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ އެކަން އެތުރިގެން ދާނެ ގޮތާ މެދު،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނާދީއެއް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.