މި އަހަރުގެ މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ އެވެ.

މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާއަށްދާ މީހުން މަދުވެގެން ހަތަރު މިިލިއަން ޑޮލަރު (ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް އަންދާޒާ ކުރެވިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އަދަދުން ބަލާނަމަ އެންމެ މަދުވެގެން އެއާޕޯޓުން ފުރާ ދިވެހިންނަށް 500 ޑޮލަރު ވިއްކަ އެވެ. އަދި އެހެންވެ ޖުމްލަ ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ. މީގެ އިތުރުން އުމްރާވެރިންނަށް ބީއެމްއެލްއިން ވަނީ ޑޮލަރުގެ ކާޑު ލިމިޓުވެސް މަތިކޮށް ދީފަ އެވެ. އަދި އުމްރާ ޖަމާއަތްތަކަށް ހާއްސަކޮށް ވެސް ސަރުކާރުން ދަނީ ޑޮލަރު ވިއްކަމުންނެވެ.