މަހަށް ނުކުމެ އުޅޭ މަސްވެރިންނަށް ދަނީ ގިނަ އަދަދެއްގެ ގަހާއި މިނޫންވެސް ތަކެތި ރާއްޖެ ސަރަހައްދުގައި އޮޔާދާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާއަށް ލާފަ އެވެ.

ރާއްޖޭން ބޭރުން ލަށްވެފައިވާ ގިނަ ބާވަތްތަކެއް މިދުވަސްވަރު ރާއްޖޭގެ އެތެރެ ވަރީގެ ކަނޑުތަކުގައި އޮޔާލަމުންދާތީ ސަމާލުވުން މުހިންމެވެ.
މަހަށް ނުކުމެ އުޅޭ މަސްވެރިންނަށް ދަނީ ގިނަ އަދަދެއްގެ ގަހާއި މިނޫންވެސް ތަކެތި ރާއްޖެ ސަރަހައްދުގައި އޮޔާދާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާއަށް ލާފަ އެވެ. މީގެ ތިން ދުވަސްކުރިން ވަނީ އިހަވަންދޫ މަސްވެރިންނަށް ކަނޑުމަތީ އޮޔާލަމުން ދިޔަ ބޮޑު ގަހެއް ފެނިފަ އެވެ. އަދި މިއަދު ވަނީ ބޮޑު ކަންނެލި ޔޫނިއަނުން ވަނީ މިފަދަ ގިނަ ތަކެތި ފެންނަމުންދާ ކަމަށް ބުނެފަ އެވެ.
މި ދުވަސްވަރަކީ އާއްމުކޮށް ރާއްޖެ ސަރަހައްދަށް މިފަދަ ތަކެތި ލައްވާ ދުވަސް ވަރެވެ.
އިހަވަންދޫ މަސްވެރިން ބުނެފައިވާ ގޮތުގައި މިދުވަސްވަރަކީ އިރުވައި ކަނޑުން ގިނައަދަދަކަށް ކުނި އަތޮޅު ތަކަށް ވައްދާ ދުވަސްކޮޅެއް ކަމުން މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.