މި އުސޫލުގައި އެފޯޑަބަލް މޮޑެލް އާއި ރެންޓް އޯން މޮޑެލްގެ ދަށުން ފްލެޓު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް ހަދައި އާއްމުކޮށްފި އެވެ.
މީގެ ކުރިން މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލެއް ވަކިން ހާއްސަކޮށް ނޯވެ އެވެ. ނަމަވެސް މިހާތަނަށް ފްލެޓް ދެމުން ގެންދިޔައީ އެކި ސްކީމްތަކަށް ހާއްސަކޮށް އުސޫލުތަކެއް ލިޔެގެންނެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އާއްމުކޮށްފައިވާ " މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" ގައިވާ ގޮތުން މި އުސޫލު ހެދުމުގެ މަގުސަދަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ތެރެއިން ޝަރުތު ހަމަވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުމެވެ.
މި އުސޫލުގައިވާ ގޮތުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ޝަރުތު ހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ "އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް" އާއި "ރެންޓް-ޓު-އޯން މޮޑެލް"ގެ ދަށުންނެވެ.
އެފޯޑަބަލް މޮޑެލް- ފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލްއަކ،ީ ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަނެވޭ ހައުސިން މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ ބެންކުން ނުވަތަ ފައިނޭންސިންް އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށް ވާންޖެހޭނެ އެވެ. އަދި ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން އެދޭ ނުވަތަ ގެދޮރު މިލްކުކުރުމަށް އެދޭ ފަރާތަކަށް ވާންޖެހޭނެ އެވެ.
ރެންޓް އޯން މޮޑެލް - ރެންޓް އޯން މޮޑެލްއަކީ މި އުސޫލުގެ ދަށުން ޔުނިޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ އަދި ޔުނިޓުގެ ޖުމުލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓު މިލްކުކުރެވޭ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން ހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ދައްކާނީ ޔުނިޓުގެ ކުލީގެ ފައިސާ އެވެ.
މީގެ ތެރޭގައި ބޯހިޔާވަހިކަން ދޫކުރާ ފަރާތާއި ބޯހިޔާވަހިކަން ލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ މެނޭޖްމަންޓް ފީއާއި އެހެނިހެން ފީތަކާއި ޗާޖުތަކެއް ނުހިމެނެ އެވެ. އަދި ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓުގެ މިލްކުވެރިކަން ބަދަލުކޮށްދޭނ،ީ އެއްބަސްވުމުގެ ދަށުން ދައްކާ އެންމެ ފަހު ކުލި ދައްކައި ހައުސިން ޔުނިޓުގެ ފުރިހަމަ އަގު އަދާކޮށް ހަލާސް ކުރުމެވެ. އަދި މި މޮޑެލްއަށް ޝަރުތު ހަމަވާނ،ީ އެޕްލިކަންޓުގެ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި 60،000ރ. ވުރެ އާމްދަނީ ދަށްވުމާއެކު މި އުސޫލުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކަށެވެ.