އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްވަނި ފެންޓެނިލް ޑްރަގްއަކީ ބާރުގަދަ ނިއުކްލިއަ ހަތިޔާރެއްގެ ގޮތުގައި ނިންމައި އެކަމުން ގައުމު ސަލާމަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގައި ކޮންމެ އަހަރަކު ވެސް އެތައް ލައްކަ ބަޔަކު މަރުވާ ފެންޓެނިލް ޑްރަގްއަކީ ނިއުކްލިއަ ހަތިޔާރެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްވަނި ފެންޓެނިލް ޑްރަގްއަކީ ބާރުގަދަ ނިއުކްލިއަ ހަތިޔާރެއްގެ ގޮތުގައި ނިންމައި އެކަމުން ގައުމު ސަލާމަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަސްކަރީ ވެރިންނާއެކު ވައިޓްހައުސްގައި އޮތް ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެ ގައުމުގައި އަހަރެއްގެ މައްޗަށް 200،000 އާއި 300،000 އާ ދެމެދުގެ މީހުން މި ޑްރަގުގެ ވަބާގައި ދަނީ މަރުވަމުންނެވެ. މިކަމުގެ ސަބަބުން އާއިލާތައް ރޫޅި މުޖުތަމައު ދަނީ ފަސާދަވަމުނެވެ. އަދި މި ނުރައްކަލުގެ ސަބަބުން މައިންނާއި ބަޕައިން މަރުވާ ހާލަތްތަކުގައި ކުދިން ތިބެނީ ޑްރަގްއަށް ދެވި ހިފާފައިކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ފުރަތަމަ ބޭސްފަރުވާގެ ބޭނުމަށް އުފެއްދި ފެންޓެނިލް މިހާރު ވަނީ ޑްރަގްއެއްގެ ގޮތުގައި ބާރުގަދަކޮށް ދުނިޔޭގައި ފަތުރާފަ އެވެ. މިގޮތުން ފެންޓެނިލްއަކީ އާއްމުކޮށް ހުންނަ ޑްރަގްއަށްވުރެ 50 ގުނަ ބާރުގަދަ އެއްޗެކެވެ. މީގެ އެންމެ އެތިކޮޅެއްގެ ސަބަބުން ސިކުންތު ކޮޅެއްގެ ތެރޭގައި މީހާގެ ފުރާނަ ދެ އެވެ.