މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން އަންނަ އަހަރު ބާއްވާ ހަފްލާގައި 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާސިލްކުރާނެ ކަމަށެވެ.

ހާފިޒުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން ސަނަދު ހާސިލްކުރި ހާފިޒުންތަކެއް

މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތު ދަސްކޮށް ނިންމައި، އިމްތިހާނު ހަދައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ 21 ކުއްޖަކު އިމްތިހާނު ހަދާފައިވާއިރު، ހަތް ކުއްޖެއްގެ އިމްތިހާނު މިވަގުތު ކުރިއަށްދާ ކަމަށާއި އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަދި، އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި 24 ހާފިޒުން ވަނީ ދަސްވެނިވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން އަންނަ އަހަރު ބާއްވާ ހަފްލާގައި 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާސިލްކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މި ދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ހާފިޒުންނަށް ދެމުންދަނީ 4000ރ. ގެ އެލަވަންސެކެވެ. އޭގެ ކުރިން ދެމުން ދިޔައީ 2000ރ. ގެ އެލަވަންސެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.