ތިލަމާލެ ބްރިޖުގެ ސްޕީޑާ މެދު ހިތްހަމައެއްނުޖެހޭ، އަވަސްކުރަން މަޝްވަރާކުރަނީ

މުއްތަލިބް ވިދާޅުވި ގޮތުގައި، މަސައްކަތް އަވަސްކުރަން، އެފްކޮންސްއިން އިތުރު ވަސީލަތްތައް ގެނެސްގެންވެސް، އެދެވޭ ނަތީޖާއެއް ހާސިލުވާގޮތް ވަނީ ނުވެފަ އެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ހިނގަނީ. --

ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދު ސަރުކާރުން ހިތްހަމަނުޖެހޭ ކަމަށާއި، އެ މަޝްރޫއު އިތުރަށް ހަލުވިކުރަން ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މުއްތަލިބް ވިދާޅުވީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، ކުރިއަށް ގެންދާ ބްރިޖު މަޝްރޫއުގެ ސްޕީޑަށް ބަލާއިރު ކުރިން ކަނޑައެޅި ތާރީހަށް ނުނިމޭނެ ކަމަށެވެ.

އެ މަޝްރޫއުގެ ފުރަތަމަ ބައި، މާލެ އާއި ވިލިމާލެ އާ ދެމެދުގެ ސެގްމަންޓު އަންނަ ސެޕްޓެމްބަރު މަހު ނިންމަން އޮތީ ކަނޑައަޅައިފަ އެވެ. 

މުއްތަލިބް ވިދާޅުވި ގޮތުގައި، މަސައްކަތް އަވަސްކުރަން، އެފްކޮންސްއިން އިތުރު ވަސީލަތްތައް ގެނެސްގެންވެސް، އެދެވޭ ނަތީޖާއެއް ހާސިލުވާގޮތް ވަނީ ނުވެފަ އެވެ. 

"މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާ ކަމުގައިވާ ނަމަ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންނަށް ކުރިން ކަނޑައަޅާފައި ހުރި ތާރީހުތަކަށް މަސައްކަތް ނިންމުން ވަރަށް ދަތިކަަމަކަށް ވާނެ. އެހެންވެ އަޅުގަނޑުމެން ކޮންޓްރެކްޓަރާ އިންޑިއާ ސަރުކާރާ އެކު މަސައްކަތް އެބަކުރަން އަޅުގަނޑުމެންނަށް މަސައްކަތް އަވަސްކުރެވޭނީ ކިހިނެއްތޯ،" މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތް ލަސްވިޔަސް، ކޮންޓްރެކްޓް ބާތިލުކޮށް، އެހެން ބަޔަކާ ހަވާލުކުރަން އުޅުމަކީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. މިގޮތުން، އާބިޓްރޭޝަނަށް ދިއުމާއި ޕްރޮޖެކްޓް ހުއްޓުން ފަދަ ކަންތައްތައް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.