ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. މިހާތަނަށް އައިސްފައިވަނީ 2,213,795 މިލިއަން ޓޫރިސްޓުންނެވެ. އަންދާޒާ ކުރި އަދަދު ހަމަކުރަން 86,205 ބޭނުންވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.2 މިލިއަނަށް އިތުރުވެ ޓޫރިޒަމްގެ އާ ރެކޯޑެއް ހެދިނަމަވެސް މި އަހަރު އަންދާޒާ ކުރި އަދަދު ހަމައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް އިއްޔެ ނިޔަލަށް ރާއްޖެ އަށް އަދި އައިސްފައިވަނީ 2,213,795 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު ޓޫރިޒަމުން އަންދާޒާ ކުރި އަދަދު ގެންނަން އިތުރަށް 86,205 ޓޫރިސްޓުން ބޭނުންވެ އެވެ. މިމަހު ބާނީ ތިން ދުވަސް އޮތްއިރު މި އަދަދު ހަމަވާނެ ކަމަށް ބެލެވެނީ ކޮންމެ ދުވަހަކު އެވްރެޖުކޮށް 28,735 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްގެންނެވެ.
މިހާރު ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ޑެއިލީ އެރައިވަލްސް ނުވަތަ ރެއަކާއި ދުވާލު އަންނަ ޓޫރިސްޓުންގެ އަދަދު މިހަފުތާގައި ވަނީ ބޮޑުތަކުން އިތުރުވެފަ އެވެ. ރާއްޖެއަށް އިއްޔެ 9,584 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިއަދު ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް އަންނަ ދުވަހަށް ވެގެންދާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މިއަދު ރާއްޖޭގެ ޓޫރިސްޓް އެރައިވަލް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 11،000 ގަ އެވެ.