އާންމު އުސޫލުގެ ދަށުން، އަމިއްލަ ދަތުރުފުޅުތަކުގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ރައީސް ވަޑައިގެންނެވީ ކިތައް ދުވަހަށް ކަމެއް ވެސް ނުބުނެ އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިއްޔެ ސިންގަޕޫރަށްވަޑައިގެންފި އެވެ.
އާންމު އުސޫލުގެ ދަށުން، އަމިއްލަ ދަތުރުފުޅުތަކުގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ރައީސް ވަޑައިގެންނެވީ ކިތައް ދުވަހަށް ކަމެއް ވެސް ނުބުނެ އެވެ.
ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެ ގައުމަށް ފުރަމާނަ ރަސްމީ ވެސް ކުރައްވައިފަ އެވެ.
އޭގެ ފަހުން ޖުލައި މަހު ވަނީ ނުރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ. އެ ނޫނަސް ރައީސް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ.