މިއަދު ޖުމުލަ 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ އެވެ. މިއަދު ގާތްގަނޑަކަށް 11،035 ފަސިންޖަރުން މިއަދު ފުރާއިރު 11،107 ފަސިންޖަރުންނަށް އަންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް (ވީއައިއޭ)އަށް މި އަދަދަކީ އެންމެ ބާރުބޮޑު ދުވަހަށްވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިހާރު ނޫހަަށް ވިދާޅުވީ މިއަދު 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި މިއަދު ވެގެންދާނީ މިނިވަން ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވިފަހުން އެންމެ ބާރުބޮޑު ދުވަހުގެ އިތުރުން، އެއާޕޯޓް ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ މަތިން އެއާޕޯޓް ބޭނުންކުރާ ދުވަހަށެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މިއަދު ގާތްގަނޑަކަށް 11،035 ފަސިންޖަރުން ފުރާއިރު، 11،107 ފަސިންޖަރުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
އެއާޕޯޓަށް ލޯޑު ބޮޑުވެފައިވަނީ ޓޫރިޒަމްގެ މައި ސީޒަން އާއި އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ފުރާ ދުވަހަށް މިއަދު ވުމުންނެވެ. އޭގެ އިތުރުން މި ދުވަސްކޮޅަކީ ޗުއްޓީ ދުވަސްކޮޅެއް ކަމުން، ފުރާ މީހުންނާއި އަންނަ މީހުން ބޮޑުތަކުން އިތުރުވާނެ އެވެ.
މިހާތަނަށް ވީއައިއޭއަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ހިދުމަތް ދިނީ ފެބުރުއަރީ 10، 2024 ގަ އެވެ. އެއީ 11،200 ޓޫރިސްޓުންނެވެ.