ބީއެމްއެލް އިން ބުނީ 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖަނަވަރީ 2026 އާ ހަމައަށް އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެއެވެ. އެއަށް އެމްއެމްއޭ އާއި ބޭންކުތައް ދެން ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބޭންކްތައް ބަންދު ތިން ދުވަހުގައިވެސް ބީއެމްއެލްގެ އޮންލައިން ޒަރިއްޔާތަކުން ހިދުމަތް ދޭނެކަމުގެ ޔަގީންކަން ދީފި އެވެ.
ބީއެމްއެލް އިން ބުނީ 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖަނަވަރީ 2026 އާ ހަމައަށް އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެއެވެ. އެއަށް އެމްއެމްއޭ އާއި ބޭންކުތައް ދެން ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.
މި ދުވަސްތަކުގައި އިންޓަނެޓް ބޭންކިންގް، ސެލްފް ސާވިސް ބޭންކިން އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ހޯއްދެވޭނެ އެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ އެވެ.
ބޭންކިން ޚިދުމަތް ހޯއްދެއްވުމަށް އަޅުގަނޑުމެން އިޚްތިޔާރުކޮށް އިތުބާރުކުރެއްވީތީ ޝުކުރު ދަންނަވަމެވެ. އަދި މި ފުރުސަތުގައި އެންމެހައި ކަސްޓަމަރުންނަށް މި ފެށޭ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.