އަންނަ އަހަރު ގައުމިއްޔަތު ދާއިރާއިން މާސްޓާސް ކޯސް ފަށަނީ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ގައުމިއްޔަތުގެ ދާއިރާގެ ތައުލީމު ފޯރުކޮށްދީ، މަތީ ތައުލީމު ފޯރުކޮށްފިނުމަށްޓަކައި 50 ސްކޯލާޝިޕް ދީފައިވާ ކަމަށެވެ.

ދިވެހި ލޭންގުއޭޖް އެންޑް ކަލްޗާ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް --

ގައުމިއްޔަތުގެ ދާއިރާއިން ކިޔެވުމަށް ސްކޮލަޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން އަންނަ އަހަރު  މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި ފަށާނެ ކަމަށް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗާ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ގައުމިއްޔަތުގެ ދާއިރާގެ ތައުލީމު ފޯރުކޮށްދީ، މަތީ ތައުލީމު ފޯރުކޮށްފިނުމަށްޓަކައި 50 ސްކޯލާޝިޕް ދީފައިވާ ކަމަށެވެ. އެއީ މާސްޓާސް ލެވަލްގެ ކޯސްތަކެއް ކަމާށާއި، ކޯހުގެ ކިޔެވުން އަންނަ ޖެނުވަރީ މަހު ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ކޯސް ފަށައިގަތުމުގެ ތަމްރީނުތައް މިހާރު ކުރިއަށް އެ ދަނީ އަޅުގަނޑުމެންގެ ވުޒާރާގައި. މި މަސައްކަތް ކުރިއަށް އެބަދޭ. މި ކޯސްތަކުގެ ރަސްމީ ކިޔެވުން އިސްލާމީ ޔުނިވާސިޓީގައި ފެށިގެން ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސިގްނޭޗާ ރިސާޗް ސްކޮލަޝިޕް"ގެ ނަމުގައި ތައާރަފުކުރި މި ސްކޮލަޝިޕަކީ އައިޔޫއެމްގައި މާސްޓާސް ޑިގްރީ ހާސިލްކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާ ކުރާ ދިރާސީ މަސައްކަތްކުރުމުގެ ފުރުސަތެކެވެ. 

މިނިސްޓަރު ނަސީރު ވިދާޅުވީ އެ މިނިސްޓްރީން މިހާރު ކުރާ މައިގަނޑު އެއް މަސައްކަތަކީ، ގައުމިއްޔަތުގެ ވިސްނުން އާންމުކޮށް، ދިވެހި ގައުމިއްޔަތަކީ އިހުސާސެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެއީ އިލްމީ އަދި ފިކުރީ މަފްހޫމުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ގައުމިއްޔަތުގެ އިލްމީ މަފްހޫމުތައް 3،000 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ.

ގައުމިއްޔަތު ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ޕްރައިމަރީގެ ބައެއް ގްރޭޑްތަކުގައި މިހާރު ގައުމިއްޔަތު މާއްދާ ދަނީ ކިޔަވައިދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.