އެކަމާ ގުޅިގެން ފުލުހުން ރޭ ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކިފަހަރު މަތިން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފި އެވެ.
އިމާޒަކީ ރޭޕްގެ މައްސަލައެއްގެ ހުކުމް ކުރަން ހޯދަމުންދާތާ އަހަރު ދުވަސްވެފައިވާ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ޕޯސްޓެއް އާންމުވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ރޭ ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކިފަހަރު މަތިން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެހެންވެ، އިމާޒު ކޯޓަށް ހާޒިރު ކުރުމަށް، އޭނާ ހޯދަން ފުލުހުން ނުވަ ފަހަރެއްގެ މަތިން އާންމުކޮށް އިއުލާނު ކުރި އެވެ. ނަމަވެސް ފުލުހުންނަށް އޭނާ ހޯދިފައެއް ނުވެ އެވެ.
އެކަން މިއަދު މީޑިއާތަކުގައި ރިޕޯޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނިސް އިމާޒު ވަނީ ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެފަ އެވެ.
ފުލުހުން ބުނީ އިމާޒު ހައްޔަރު ކުރީ ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ކަމަށެވެ.