އާ އަހަރާ ގުޅިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް؛ ބަނގުރަލުގެ މައްސަލައެއްގައި ދެ ބިދޭސީން ހައްޔަރު

މި ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ މާލޭގައި އެމީހުން ކުއްޔަށް ނަގައިގެން އުޅޭ ގެއެއް ބަލައިފާސްކުރުމަށްފަހު ބަނގުރަލާ ގުޅުންހުރި ސާމާނާއެކު އެވެ.

އާ އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ދަށުން، ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައިފާސްކުރުމަށްފަހު ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މޮހަންދާސް ރަޖެންދިރަން 22، އާއި ބަލަސުބްރަމަނިޔަން ސެލަމް 41، އެވެ. 

މި ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ މާލޭގައި އެމީހުން ކުއްޔަށް ނަގައިގެން އުޅޭ ގެއެއް ބަލައިފާސްކުރުމަށްފަހު ބަނގުރަލާ ގުޅުންހުރި ސާމާނާއެކު އެވެ. އެގޮތުން، އެގޭގެ 3 ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި، ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައިގައި ހައްޔަރު ކުރި 2 މީހުން ވެސް މިހާރު ވަނީ ޑީޕޯޓުކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

އާ އަހަރާ ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އާ އަހަރު ފާހަގަކުރުމަށް މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީ ކުރާ މައްސަލަތައް ކޮންމެ އަހަރަކު ވެސް ގިނަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.