ރޭޕްގެ ތުހުމަތު އޮތް މީހަކަށް ހުކުމް ކުރަން ހޯދާތާ ދޮޅު އަހަރު

"އަދި މީހާ ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ފެނިފައިނުވޭ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ހޯދަމުންދާ ގދ. ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރު --

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް އެތައް ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް ނުފެންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ގދ. ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރު އެވެ. 

އިމާޒް ޒާހިރަކީ ރޭޕްގެ މައްސަލައެއްގެ ހުކުމް ކުރަން ހޯދަމުންދާތާ އަހަރު ދުވަސްވެފައިވާ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ޕޯސްޓެއް އާންމުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުން ރޭ ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކިފަހަރު މަތިން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

"އަދި މީހާ ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ފެނިފައިނުވޭ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ މީގެ ކުރިން އޭނާ ހޯދަން ފޮޓޯއާއެކު އާންމުކޮށްފަ އެވެ. އެގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވެ އެވެ. ނަމަވެސް މައްސަލައިގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.