ފަލަސްތީނުގެ އިންސާނިއްޔަތު ކަމުގެ ފައުޖު | 168 ޑޮކްޓަރުން ހިދުމަތަށް

އަލް-ޝިފާގެ މެޑިކަލް ޑައިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި އިޒްރޭލުން ބޭނުންވީ ފަލަސްތީނުގެ އިންސާނީ ރައުސްމާލު ނައްތާލުމަށެވެ. ނަމަވެސް މި ޑޮކްޓަރުންގެ ކާމިޔާބީން އެނގެނީ އެކަން ނާކާމިޔާބުވެފައިވާ ކަމެވެ.

ފަލަސްތީނުގެ ދަސްވެނިވި ޑޮކްޓަރުން -- ފޮޓޯ : އޭޕީ

އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ދެ އަހަރު ފުރުމާ ދިމާކޮށް ފަލަސްތީނުގެ 168 ޑޮކްޓަރުން މަތީ ތައުލީމުގެ ސަނަދު ހާސިލްކޮށް، ދަސްވެނިވެއްޖެ އެވެ. 

ފަލަސްތީނުގެ އެތައް ސަތޭކަ ޑޮކްޓަރުންނާއި ސިއްހީ އޮފިޝަލުން އިސްރާއިލުން ޝަހީދުކުރަމުން ދަނިކޮށް ފަލަސްތީނުން މިވަނީ އިތުރު 168 ޑޮކްޓަރުން ހިދުމަތަށް ނެރެފަ އެވެ. 

ދަސްވެނިވި ޑޮކްޓަރުން އަމިއްލައަށް ދީފައިވާ ނަމަކީ "އިންސާނިއްޔަތުގެ ފައުޖު" އެވެ. މި ޑޮކްޓަރުންނަކީ ފާއިތުވި ދެ އަހަރުގެ ބަނޑުހައިހޫނުކަމާއި، ބޮން އެޅުމާއި، އަދި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ފަލަސްތީނިއަން ބޯޑް ސެޓިފިކޭޝަން އިމްތިހާނުތައް ފުރިހަމަކުރި ޑޮކްޓަރުންނެވެ.

ދަސްވެނިވި ބައެއް ޑޮކްޓަރުންނަކީ ހަނގުރާމައިގައި އަނިޔާވި، ހައްޔަރުކުރެވުނު ނުވަތަ އާއިލާގެ މެންބަރުން ޝަހީދުވި މީހުންނެވެ. 

އަލް-ޝިފާގެ މެޑިކަލް ޑައިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި އިޒްރޭލުން ބޭނުންވީ ފަލަސްތީނުގެ އިންސާނީ ރައުސްމާލު ނައްތާލުމަށެވެ. ނަމަވެސް މި ޑޮކްޓަރުންގެ ކާމިޔާބީން އެނގެނީ އެކަން ނާކާމިޔާބުވެފައިވާ ކަމެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައެއް ގޮނޑިތައް ހުރީ ހުހަށެވެ. އެއީ ހަނގުރާމައިގައި ޝަހީދުވި ސިއްހީ ޚިދުމަތްތެރިންގެ ހަނދާނުގަ އެވެ. އެ ގޮނޑިތަކުގައި ވަނީ ޝަހީދުވި ޑޮކްޓަރުންގެ ފޮޓޯތައް ބަހައްޓާފަ އެވެ.

ގައްޒާގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު މަސައްކަތްކުރަނީ އެންމެ 18 ހޮސްޕިޓަލެވެ. އެއީވެސް ވަރަށް ދަތި ހާލަތުގަ އެވެ. ހަމައެކަނި 7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ގައްޒާގައި 1,722 ސިއްހީ ހިދުމަތްތެރިން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި ޖުމްލަ 70,942 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.