ޗޮކުލެޓު ސިރަޕް ފުޅިތަކެއްގައި ޑްރަގް އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ކަނޑުމަގުން ރާއްޖެ އެތެރެކުރި މި ފުޅިތަކުގައި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސްއިން ވަނީ އަތުލައިގެންފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި ހުރި ޗޮކްލެޓް ސިރަޕް ފުޅިތައް --

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކަނޑުމަގުން ރާއްޖެ އެތެރެކުރި މި ފުޅިތަކުގައި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސްއިން ވަނީ އަތުލައިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނެފައި ވަނީ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކުރާނީ ފަހުން ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ހަޝިޝް އޮއިލްގެ ބަރުދަން 40 ކިލޯއަށް އަރާ ކަމަށެވެ. އެގޮތުން ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވެ އެވެ.

ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތަކަށްވާއިރު، އެއީ ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ކަނޑައެޅޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.