ސިންގަޕޫރުގެ އެންއެޗް ކަލެކްޝަން އިން ބުނެފައިވާ ގޮތުގައި ހަމަސް ދުވަހުގެ ބަންދުކޮށްގެން ކުރި ބޮޑު މަރާމާތަކަށްފަހު، އެންއެޗް ކަލެކްޝަން މޯލްޑިވްސް ރީތި ރިސޯޓު އަލުން ހުޅުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ސިންގަޕޫރުގެ އެންއެޗް ކަލެކްޝަން އިން ބުނެފައިވާ ގޮތުގައި ހަމަސް ދުވަހުގެ ބަންދުކޮށްގެން ކުރި ބޮޑު މަރާމާތަކަށްފަހު، އެންއެޗް ކަލެކްޝަން މޯލްޑިވްސް ރީތި ރިސޯޓު އަލުން ހުޅުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
ރިސޯޓް އަލުން ހިދުމަތަށް ގެނައިއިރު، ރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރަމުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އެތަނުގެ ކޮޓަރިތަކާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތައް އިތުރަށް ވަނީ ފުރިހަމަކޮށްފަ އެވެ.
ރީތި ރިސޯޓް އިތުރަށް ފުރިހަމަކޮށްފައިވާއިރު މިހާރު މި ރިސޯޓުގައި ޖުމްލަ 105 ބީޗް އަދި އޯވަ ވޯޓާ ވިލާ ހުރެއެވެ. އާ މަރާމާތާއެކު ކޮންމެ ވިލާއެއްގައި ޕްރައިވެޓް ހިމެނޭ ބީޗް ވިލާތައް ވަނީ ތައާރަފްކޮށްފައެވެ. އަދި އޯވަވޯޓ ވިލާތައް ވަނީ އެންއެޗް ކަލެކްޝަންގެ ފެންވަރަށް ބަދަލުކޮށް ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން ކެއުމުގެ ޚިދުމަތްދޭ ތަންތަން ވަނީ ޒަމާނީ ފެންވަރަށް މަރާމާތުކޮށް، ތަފާތު ވައްތަރުގެ ކެއުންތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ވެލްނެސް އަދި މުނިފޫހިފިލުވުގެ ވަސީލަތްތަކާއެކު ރިސޯޓުގެ ސްޕާ ވަނީ އާ މަރާމާތާއެކު އަލުން ހުޅުވާފަ އެވެ. މީގެ އިތުރުން މޫދު ކުޅިވަރާއި، ޑައިވިން އަދި ސްނޯކްލިންގްގެ ޚިދުމަތްތައްވެސް ވަނީ އިތުރަށް ފުރިހަމަކޮށްފަ އެވެ.
މި ރިސޯޓު ހިންގަނީ ބ. ޔުނެސްކޯ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި 35 މިނިޓުން ރިސޯޓަށް ދެވޭ ރާސްތާގައި އޮންނަ ރީތި ރިސޯޓް އޮންނަނީ މަޝްހޫރު ހަނިފަރު ބޭ އާ ވަރަށް ކައިރީ ގައެވެ. މި ސަރަހައްދަކީ މަންތާ (އެންމަޑި) އަދި ފެހުރިހި ބަލާލުމަށް ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ސަރަހައްދެކެވެ.