ހުޅުމާލެ ހިޔާ ޕާކުގައި ފޮތް ކިޔޭނެ އިންތިޒާމު

ރީޑިން ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ.

އެޗްޑީސީ އިން ގާއިމް ކުރި "ރީޑިން ނުކް" ކައިރީ ކުދިންތަކެއް -- އެޗްޑީސީ

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަހައްދުގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމްކޮށް، މިއަދު އެތަން ހުޅުވައިފި އެވެ.

މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމްކުރެވުނު ނުކް އެކެވެ. އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ޓީން ފިކްޝަން ފޮތްތައް، ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން ހުންނާނެއެވެ.

އެޗްޑީސީ އިން ގާއިމް ކުރި "ރީޑިން ނުކް" ތެރޭ ކުދިންތަކެއް

އެޗްޑީސީ އިން ބުނީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔަން ބޭނުންނަމަ ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފޮތް ކިޔަން ތިބެވޭނެއެވެ. ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަންވާނެއެވެ.

ރީޑިން ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.