ފުލުހުން މިރޭ ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެ އިންދައި ބައިގެންގޮސް، ކުއްޖާ ނިޔާވެފައިވާ މައްސަލަ އިއްޔެ ހެދުނު 10:06 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި އަންހެނަކު ބައިގެން ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެ އިންދައި ބައިގެންގޮސް، ކުއްޖާ ނިޔާވެފައިވާ މައްސަލަ އިއްޔެ ހެދުނު 10:06 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާއަކީ ވ. ސިނަމަން ވިލުފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ކުއްޖާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް އެނގިފައިވެ އެވެ.