ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ހައްޔަރު ކޮށްފި

މި މައްސަލައިގެ ޝަރީއަތަށް މަންޑޭ ހާޒިރު ނުވާތީ، އިއްޔެ ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރު ނެރެފަ އެވެ. އޭނާ ހާޒިރު ކުރަން އަމުރުކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭނާ ހައްޔަރު ކޮށްފި އެވެ.

ކޭޕާކް އެޕާޓްމެންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވި މައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށް، 104 ދައުވާ ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތަކަކާއި، އޮޅުވާލުމުގެ ކުށުގެ ދައުވާތަކަކާއި، ޓެކުމުގެ ދައުވާތަކެއްގެ އިތުރުން މަނީލޯންޑަރިންގެ ކުށުގެ ދައުވާތަކެކެވެ.

މި މައްސަލައިގެ ޝަރީއަތަށް މަންޑޭ ހާޒިރު ނުވާތީ، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރު ނެރެފަ އެވެ. އޭނާ ހާޒިރު ކުރަން އަމުރުކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ. މާދަމާ އޮތީ އެ މައްސަލައިގެ ހުކުމް ކުރާ މަޖިލީހެވެ.

ފުލުހުން މިރޭ ބުނެފައި ވަނީ ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން އޭނާގެ ޕާޓްނަރެއް ކަމަށްވާ ރ. އަލިފުށި ކިނާރާގެ، ޖައިޝާން ސައީދަށް 98 ދައުވާ ވަނީ ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މަންޑޭގެ މުދާތައް ވެސް ވަނީ ހިފަހައްޓާފަ އެވެ. ހިފަހައްޓާފައިވާ މަންޑޭގެ މުދާތަކުގެ ތެރޭގައި ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެއް ހިމެނެ އެވެ.

އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އެ ޕެންޓް ހައުސްގެ ތެރެއިން އަގުބޮޑެތި މުދާ ވަނީ ހޯދާފަ އެވެ. އެގޮތުން، ލަގްޒަރީ ބްރޭންޑެޑް ދަބަހާއި ގަހަނާ އަދި ސެންޓު ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.