ނޮވެންބަރު ތިނެއްގެ ހާދިސާއަކީ ކުރީގެ ފަސްޓް ލޭޑީއަށް ވަރަށް ނުރައްކާތެރި ހާލަތެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ދުވަހެކެވެ. އެއީ ދިވެހީންގެ ބަޔަކު ތަމަޅަ ހަނގުރާމަވެރީންތަކެއް ގޮވައިގެން ރާއްޖެ އަރައި އޭރު އޮތް ގާނޫނީ ސަރުކާރު ބަދަލު ކޮށްލައި ރާއްޖެ ހިފާން ހަމަލާ ދިން ހިނދު އެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއަކީ ކުރީގެ ފަސްޓް ލޭޑީ، މެޑަމް ނަސްރީނާ އިބްރާހީމަށް ވަރަށް ނުރައްކާތެރި ހާލަތެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ދުވަހެކެވެ. އެއީ ދިވެހީންގެ ބަޔަކު ތަމަޅަ ހަނގުރާމަވެރީންތަކެއް ގޮވައިގެން ރާއްޖެ އަރައި އޭރު އޮތް ގާނޫނީ ސަރުކާރު ބަދަލު ކޮށްލައި ރާއްޖެ ހިފާން ހަމަލާ ދިން ހިނދު އެވެ. ޓެރަރިސްޓުންނާއި އެ މީހުންނާ ގުޅިފައިވާ ދިވެހި ބާޣީންގެ އަމާޒަކަށް ވެފައި އޮތީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ދުވަސް ދުއްވާލުމެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރަން މިދިއަ ހަފުތާގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި މީގެ 34 އަހަރު އަހަރު ކުރީން އައި "ނޮވެމްބަރު ތިނެއް" ހަނދާންތައް މެޑަމް ނަސްރީނާ ވަނީ ފުރަތަމަ ފަހަރަށް ކުރުކޮށް ހިއްސާ ކުރައްވާފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ، އެކަމަނާގެ ވާހަކަފުޅު ފެއްޓެވީ މި އިބާރާތް ކޮޅާއެކު އެވެ:
"ތިޔަ ބޭފުޅުން ހިތްޕުޅަށް އަރައިފާނެ ދުވަހަކު ސްޓޭޖެއް މައްޗަށް އަރާ ވާހަކަ ދައްކާފައި ނެތް މީހަކު މިހާ ގިނަ ދުވަސް ކޮށްފައި މިރޭ މި ވާހަކަ ދައްކަން ތެދުވީ ކީއްވެ ބާއޭ، ނޮވެންބަރު ތިނެއްގެ ހާދިސާ ހިނގިތާ މި ފުރުނީ 34 އަހަރު. މި ހާދިސާ ހަނދާން ހުރި، މި ބިރުވެރި ކަމުގައި އުޅެފައި ހުރި އަޅުގަނޑަށް ހީވާ ގޮތުގައި 40 އަހަރުން ދަށް އެކަކުވެސް ނުހުންނާނެ. މިރޭ އަޅުގަނޑު ތެދުވެ މި ހުރީ އެ ދުވަހު އަޅުގަނޑަށް ކުރެވުނު ތަޖުރިބާއާ އަޅުގަނޑަށް ކުރެވުނު އިހުސާސްތައް ތާރީހަށްޓަކައި ބަޔާން ކޮށްލަން. އޭރު ރާއްޖޭގެ ވެރިއަކަށް ހުންނެވި ބޭފުޅެއްގެ އެންމެ އަރިހުގައި ހުރި މީހެއްގެ ގޮތުން،"