ގަވާއިދު އިސްލާހުކޮށް، އެކަނިވެރި ބެލެނިވެރިންގެ އިނާޔަތް 12،000ރ. އާ ހަމަޔަށް

ނަމަވެސް މިއަދު އަލުން ގަވާއިދު އިސްލާހުކޮށް، އެކަކަށް އެންމެ ގިނައިން މަހަކު ދެވޭނެ އަދަދަކީ 12،000ރ. ކަމަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ.

ކުޑަކުދިންތަކެއް އުރާލައިގެން ބަޔަކު މައިޒާނެއްގައި. -- ފޮޓޯ: މިރާ

އެކަނިވެރި މައިންނާއި ބަފައިންނަށް މަހަކު 12،000ރ. އާ ހަމައަށް އިނާޔަތް ލިބޭ ގޮތަށް އެންސްޕާގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

އެންސްޕާގެ ގަވާއިދަށް ގެނައި އިސްލާހުގައިވަނީ، އަންނަ ޖެނުވަރީ އެއްވަނަ ދުވަހުން ފެށިގެން އެކަނިވެރި މައިން / ބަފައިންނަށް ދައުލަތުންދޭ އިނާޔަތް، ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ލިބޭނެ ކަމަށެވެ. ހަތަރު ކުދިންނަށްވުރެ އިތުރުވާނަމަ، އިނާޔަތް ދޭނީ ކުއްޖަކަށް 1،000ރ. ގެ މަގުންނެވެ. 

އެންސްޕާއިން އިއްޔެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ އަދަދަކީ 15،000ރ. ކަމަށެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 180،000ރ. ކަމަށެވެ.

ނަމަވެސް މިއަދު އަލުން ގަވާއިދު އިސްލާހުކޮށް، އެކަކަށް އެންމެ ގިނައިން މަހަކު ދެވޭނެ އަދަދަކީ 12،000ރ. ކަމަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ.

އެކަނިވެރި މައިން / ބަފައިންނަށް މިހާރު އިނާޔަތުގެ ގޮތުގައި ދެނީ އެއް ދަރިއަކު ނަމަ މަހަކު 2000ރ. އެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1000ރ. އެވެ. އެކަކަށް އެންމެ ގިނައިން ދެނީ 10,000ރ. އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.